ޕޮލިސް

ކުރީގެ މިނިސްޓަރު މޫސާ ޒަމީރު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޒަމީރު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު ހަވީރު 4:00 އަށެވެ.

އެނގިފައިވާ ގޮތުގައި ޒަމީރު ފުލުސްއޮފީހަށް ހާޒިރުކުރަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ ކޮމިޝަނެއް އުފައްދަވާފައެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލާނެ ކަމަށް ބުނެފައިވެއެވެ.

ޒަމީރު ފުލުސް އޮފީހަށް ހާޒިރުކުރަން ނިންމުމާއި ގުޅިގެން ޒަމީރުއަށް ފޯނު ކުރުމުން ފޯނަށް ޖަވާބު ނުދެއްވާތީ ޒަމީރުގެ ބަހެއް ލިބިފައެއް ނުވެއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ހިންގާފައި ވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވަނިކޮށެވެ.