ރައްޔިތުންގެ މަޖިލިސް

ކަރެކްޝަންސް އަށް ނިސްބަތްނުވިޔަސް ޕްރިޒަންސް ކޮމިޝަނަރު ކަމަށް އައްޔަން ކުރެވޭގޮތަށް ފާސްކޮށްފި

އަހުމަދު ޖައިޝަން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތްކުރާ އޮފިސަރެއް ނޫން ނަމަވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ކަމަށް އައްޔަން ކުރެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހަޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް ހުށަހެޅުއްވި އެ އިސްލާހު ކޮމިޓީން ނިންމެވިގޮތަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.

މީގެކުރީން ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނަރު އޮފް ޕްރިޒަންސް އަކަށް އައްޔަން ކުރެވޭނީ ކަރެކްޝަންސްގެ ކޮމާންޑް އޮފިސަރުގެ މަގާމުގައި ހުންނަ ބޭފުޅެކެވެ.