ޕޮލިސް

ޕޮލިސް ކޮމިޝަނަރުކަމުން ހަމްދޫން ވަކިކުރައްވައިފި

1

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުން ހަމްދޫން ރަޝީދު ވަކިކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ވަނީ ދާދި ދެންމެ "ވަން އޮންލައިން" އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

ޕޮލިސް ކޮމިޝަނަރު ކަމުން ހަމްދޫން މިއަދު ވަކިކުރެއްވި އިރު އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފަ އެވެ. އޭނާ ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޔާމީން އެވެ. ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގަތުމަށް ފަހު އޮކްޓޯބަރު އެއްވަނަ ދުވަހު ރައީސް ޔާމީން، ހަމްދޫން ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވި އިރު އޭނާ ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟