އިބްރާހިމް ޒަކީ
ރާއްޖޭގައި ބާރު ކަމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް 19 ގެ ރޯގާ، ބެލެވޭގޮތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކޮވިޑް ޖެހޭނެ ކަމަށް ކަމާގުޅޭ މާހިރުން ގަބޫލުކުރައްވާ ކަމަށެވެ.
ކޮވިޑް 19 އާއި ގުޅޭ ސިއްހީ މާހިރުން ތިބީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށާއި، އެކަމާގުޅޭ މާހިރުންގެ ގޮތުގައި އެމަނިކުފާނުުގެ ގާތްތިމާގެ މީހުން ގިނަ ގައުމުތަކުގައި އެބަ ތިބި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ތަކުރާރުކޮށް އަޅުގަނޑު އެބަދަންނަވަން މިރޯގާ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ޖެހުމަކީ މިކަމާގުޅޭ މާހިރުން ގަބޫލުކުރާ ގޮތޭ، މެންބަރުން އަރިުގައި މިހާރު މިވާހަކަ ދަންނަަވަން ޖެހެނީ މިކަމާ ގުޅޭ މާހިރުން ތިބީކީ ހަމައެކަނި ދިވެހި ރާއްޖެޔަކު ނޫން އަދި މިކަމާގުޅޭ މާހިރުންނަކީ، އަޅުގަނޑުމެންވެސް ވަރަށްގިނަ ގައުމުތަކުގައި ގާތްތިމާގެ ވެސް މީހުން، އަޅުގަނޑުމެންނަށްވެސް އެނގޭ ވާނުވާ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮވިޑް 19 ގައި ލޮކްޑައުންއަށް ދިޔަ ސަބަބެއް ކަމަށް ބުނެފައިވަނީ ގައިދުރުވުން ކަމަށެވެ.
މީގެ އިތުރުން ގޭގެ އާއި ވިޔަފާރިތަކާއި، ސަރުކާރާއި، ހުރިހާ ތަންތަން ބަންދުކުރީ އެކަމަށްޓަކައި ކަމަށާއި، ނަމަވެސް ބަންދުގައި ތިއްބައިވެސް ރޯގާ ދަނީ އިންތިހާއަށް ފެތުރެމުންކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބުނީ އެސަބަބާ ހުރެ ގައިދުރުވުމަށްޓަކައި ގޭގެ އާއި ވިޔަފާރިތަކާއި، ސަރުކާރާއި، ހުރިހާ ތަނެއް ބަންދުކުރިއްޔޭ، ބަންދުވެ ތިއްބާވެސް އެކަން ހަމަ އެހުރިގޮތުގައި ކުރިއަށް އަރަމުން އެދަނީ، ރޯގާ ދަނީ އިންތިހާއަށް ފެތުރެމުން، އަދި ފެންނަ ފެނުމުގައި މިރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެހެންކަމުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކަމުގެ ފަރުވާ ދެވޭނެ ގޮތާއި، އެކަމަށް އަޅައިލާނެ ގޮތްތައް އިންތިޒާމު ކުރަންޖެހޭ ކަމަށެވެ.