ކޮވިޑް 19 އާގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުމަށް ސަރުކާރުގައި ފައިސާ އެބަހުރި ކަމަށް ރައްޔތުންގެ މަޖިލީހުގެ ރައީސް މުުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 ގެ ސަބަބުން ދިމާވާ ދައިތައް ހައްލު ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލާ ގުޅިގެން ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެކަންކަން ކުރުމަށް ދައުލަތުގައި ފައިސާ އެބަހުރި ކަމަށާއި، ސަރުކާރުގައިވެސް ފައިސާ އެބަހުރި ކަމަށެވެ. އަދި މެންބަރު އެ ބިލު ހުށަހެޅުއްވި އިރުވެސް ފައިސާ ހުރިކަން ބިލް ހުށަހެޅުއްވި މެންބަރަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އެ ވިދާޅުވާ ހުރިހާ ކަންތައްތަކެއް ކުރެއްވުމަށް ދައުލަތުގަ ފައިސާ އެބަހުރި، ސަރުކާރުގައި ފައިސާ އެބަހުރި، މެންބަރަށް އެނގިވަޑައިގަންނަވާނެ އެފައިސާ އެބަހުރިކަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ ސަރުކާރަށް މަނީ ސަޕްލައި އިތުރުކޮށްދީގެން، ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ފައިސާ އިތުރު ކޮށްދީފައިވާ ކަމަށެވެ.
އޭގެ އިތުުރުން ސަރުކާރަށް ބޭރުން ލިބޭ އެހީތެރިކަމާއެކު ކަންކަން ކުރުމަށް ފައިސާ ހަމަޖެހިފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވާނީ މަނީ ސަޕްލައި އިތުރުކޮށްދީގެން ފައިސާ އިތުރު ކޮށްދީފަ، އަދި އޭގެ އިތުރުން ބޭރުން ލިބޭ އެހީތެރިކަމާއެކީގައި ފައިސާ އެބަހުރި،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ފެންޝަން ފަންޑުން ފައިސާ ނަގަން ނުޖެހޭ ކަމަށާއި، ޕެންޝަން ފަންޑުގައި އަތްލާން ނުޖެހޭ ކަމަށެވެ.