ވިޔަފާރި

ލޮކްޑައުންގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީލޯޑު ކުރެވޭނެ ފަސޭހަ ގޮތްތަކެއް ތައާރަފުކޮށްފި

މަރިޔަމް ޝަހުދާ

ލޮކްޑައުންގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީލޯޑު ކުރެވޭނެ ފަސޭހަ ގޮތްތަކެއް ދިރާގުން ތައާރަފުކޮށްފިއެވެ.

މާލެ ސިޓީ ސަރަހައްދުގައި ލޮކްޑައުން އިއުލާނުކޮށްފައިވުމުގެ ސަބަބަުން ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީލޯޑުގެ ހިދުމަތް ހޯދުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އަދި ގޭގައި ތިބެގެން އޮންލައިންކޮށް ގިނަ ހިދުމަތްތައް ހޯދަން ޖެހިފައިވާ އިރު، ދިރާގު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ހޯދޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން ގޭތެރޭގައި ތިބެ ފަސޭހަކަމާއެކު ރީލޯޑު ކޮށްލެވޭނެ ވަރަށް ގިނަ ގޮތްތައް ތައާރަފުކުރެވިފައިވާނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މި ހިދުމަތް ހޯދޭނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި “Easy TopUp” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު “Continue and Pay” އަށް ފިތާލާ ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާވެސް “Continue and Pay” އަށް ފިއްތާލައި، ދެން ފައިސާ ދައްކަން ބޭނުންވާ ގޮތް ހިޔާރުކުރުމަށްފަހު “Continue” އަށް ފިތާލައިގެން ހިދުމަތް ފަސޭހަކަމާއެކު ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ދިރާގު ވެބްސައިޓު މެދުވެރިކޮށްވެސް މި ހިދުމަތް ހޯދޭނެ ކަމަށާއި ދިރާގު ޕޭ އިންވެސް މި ހިދުމަތް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް އަންނަ ޖޫމް މަހު 30ގެ ނިޔަލަށް %20 އިތުރު ކްރެޑިޓް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މި ދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ދިރާގުން ވަނީ އެދިފައެވެ. އަދި ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަ ގޮތްތައް ފޯރުކޮށްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ދިރާގުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.