ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރަން ޔާމީން ނިންމައިފި

1

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަނުކުރައްވަން ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ނިންމަވައިފިއެވެ.

ޔާމީންގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް ނިންމެވީ ޕްރައިމަރީއަކާ ނުލައި ދީފައިވާ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައިފި ނަމަ ޕާޓީ އަދި އޭނާއަށް ވެސް ވެލިދޫ ދާއިރާގެ ގޮނޑި ގެއްލިދާނެތީ ކަމަށެވެ.

"ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ރަނގަޅަކަށް، އަޅުގަނޑު ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރަން ނިންމައިފިން،" އޭނާ ވިދާޅުވިއެވެ.

ޔާމީންގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޒައާމަތުގައި ވެލިދޫ ދާއިރާއަށް ގެނެސްދެވުނު ތަރައްގީއާ މެދު އުފާކުރާ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ތަރައްގީއަށްޓަކައި ސަރުކާރާއެކު މަސައްކަތްކުރެވުމުން ފަހުރުވެރިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟