ދިޔާނާ ސައީދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމާ މެދު ޚިލާފެއް އުފެދޭނަމަ އެކަން ސާފުކޮށްދިނުމަށް ދިޔާނާ ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް ކަނޑައަޅައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުމާ މެދު ޚިލާފެއް އުފެދޭނަމަ ވީހާވެސް އަވަހަކަށް އެކަން ސާފުކޮށް ދިނުމަށް ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ގޮވާލައްވައިފިއެވެ.

ދިޔާނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަށް ވާދަކުރުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އަދި އެ ނިންމުމާ މެދު ޚިލާފެއް އުފެދޭނަމަ ވީހާވެސް އަވަހަށް އެކަން ސާފުވާން ޖެހޭނެ ކަމަށާއި އެހެން ނޫންނަމަ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގުތައް ގެއްލޭނެ ކަމަށް ދިޔާނާ ކުރެއްވި ޓުވީޓުގައި ވެއެވެ.

ދިޔާނާ މިފަދައިން ޓުވީޓެއް ކުރެއްވިއިރު ދިޔާނާގެ ފިރިކަލުން ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ''ވަންއޮންލައިން'' އަށް މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ދިޔާނާ މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާނީ ވިލިނގިލީ ދާއިރާއަށް ކަމަށެވެ.

މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަށް ވާދަކުރުނަ ގައުމީ މަޖިލީހުން ނިންމި ނިންމުން ބަދަލުކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ދަނީ މަޝްވަރާ ކުރަމުންނެވެ.

އަދި މަޖިލީހުގެ ދާއިރާތަކަށް ވާދަކުރުމާ ގުޅޭގޮތުން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވެސް ވަނީ ސަރުކާރު ކޯލިޝަނަށް ބުރުލެއް ނާރާނެހެން ދާއިރާތަކަށް ވާދަކުރުމަށް ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވައިފައެވެ.

ދިޔާނާ މިފަދައިން ޓުވީޓެއް ކުރެއްވިއިރު ދިޔާނާގެ ފިރިކަލުން ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ''ވަން އޮންލައިން'' އަށް މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ދިޔާނާ މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާނީ ވިލިނގިލީ ދާއިރާއަށް ކަމަށެވެ.

މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަށް ވާދަކުރުނަ ގައުމީ މަޖިލީހުން ނިންމި ނިންމުން ބަދަލުކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ދަނީ މަޝްވަރާ ކުރަމުންނެވެ.

އަދި މަޖިލީހުގެ ދާއިރާތަކަށް ވާދަކުރުމާ ގުޅޭ ގޮތުން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ސޯލިހުވެސް ވަނީ ސަރުކާރު ކޯލިޝަނަށް ބުރުލެއް ނާރާނެހެން ދާއިރާތަކަށް ވާދަކުރުމަށް ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.