އެލްޖީގެ އެންމެ އަގުހެޔޮ ސްމާޓް ފޯނު ތައާރަފުކޮށްފިއެވެ.
އެލްޖީ އިލެކްޓްރޯނިކްސް އިން އެންމެފަހުން އުފެއްދި ބަޖެޓް ސްމާޓް ފޯން "އެލްޖީ ކޭ51" ގެ ރީޓެއިލް އަގަކީ 150 އެމެރިކާ ޑޮލަރެވެ. ނަމަވެސް ތައާރަފުކުރުމާއެކު ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ސޭލް އަގެއްގައެވެ. "އެލްޖީ ކޭ51" މިހާރު ގަންނަ ނަމަ 90 ޑޮލަރަށް ލިބޭނެއެވެ.
"އެލްޖީ ކޭ51" ސްމާޓް ފޯނުގެ ފަހަތުގައި 3 ކެމެރާ ހުރެއެވެ. މިފޯނުގައި 3 ޖީބީ ރެމެއް ހަރުކޮށްފައި ހުންނައިރު އިންޓާނަލް 32 ޖީބީގެ މެމޮރީއެއް ހުރެއެވެ. މީގެއިތުރުން 2ޓެރަބައިޓުގެ މައިކްރޯ އެސްޑީ އެކްސްޓްރާ މެމޮރީގެގޮތުގައި ސަޕޯޓު ކުރާނެއެވެ.
"އެލްޖީ ކޭ51" ގައި ފަހުގެ ސްމާޓް ފޯނެއްގެ ހުރިހާ ފީޗާއެއް އެކުލެވެއެވެ. މީގެތެރޭގައި ފިންގާ ޕްރިންޓް ސެންސާގެ އިތުރުން ގޫގުލް އެސިސްޓަންޓްގެ ހިދުމަތްވެސް އެކުލެވެއެވެ.