ކަންގްނާ ރަނޯތްގެ ފިލްމް "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" އަކީ މިއަަހަރު ގިނަ ބަޔަކު އެއަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. 2019 ޖެނުއަރީ 25 ގައި ނެރެން ހަމަޖެހިފައިވާ މި ފިލްމް ރިލީސް ކުރުން ލަސްވެފައިވާ ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ފިލްމުގެ ވަރަށް ގިނަ މަސައްކަތް އަދި ނުނިމެއެވެ. ޕޯސްޓް ޕްރޮޑަކްޝަނާ އޭގެ ޝްޕެޝަލް އިފެކްޓްސްތަކުގެ ވެސް ބޮޑު ބައެއް އަދި ނުނިމެއެވެ. ކޮމްޕިއުޓާ ގްރެފިކްސް ބޭނުން ކުރަންޖެހޭ ބޮޑެތި ބެޓަލް ސީކުއެންސްތައްވެސް އަދި ހުރީ ނުނިމިއެވެ. އަދި ކަންގްނާ ފިލްމްގެ ޑައިރެކްޝަނާ ހަވާލުވެފައި ވާތީ މިހާރު ބައެެއް ބެޓަލް ސީކުއެންސްތައް އޭނާ ބޭނުން ވަނީ އަލުން ޝޫޓް ކުރުމަށެވެ. އެއީ އަނެއްކާވެސް އެތައް ވަގުތަކާއި ހަރަދުވެސް ދާނެ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއާއެކު ހަމަ އެދުވަހު ރިލީސް ކުރަން އޮތް ރިތިކް ރޯޝަން ގެ ފިލްމް "ސުޕަރ 30" ވެސް ލަސްވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް މި ފިލްމްގެ ޕްރޮޑިއުސަރުން ވަނީ މި އަޑުތައް ދޮގުކޮށްފައެވެ.
މީގެ ކުރިން ރިތިކްއާ ކަންގްނާ ގުޅިގެން އުޅުމަށްފަހު ދުރުވެފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެހެންކަމުން ދެ ތަރިންގެ ފިލްމް އެއް ދުވަހަކު ރިލީސްވުން ވެގެން ދާނީ ވަރަށް ބޮޑު ކޮމްޕެޓިޝަނަކަށެެވެ.