ދިޔާނާ ސައީދު

ފިރިކަލުން ޖާބިރަށް ދިޔާނާގެ ބަހުގެ ހަމަލާއެއް!

3

ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަމުރުކުރެވޭނެ މީހަކު ނުހުންނާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، އޭނާގެ ފިރިކަލުން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައި އޭނާ މަގާމުން ވަކި ކުރުމަށް ގޮވާލައްވައިފައެވެ.

ޖާބިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރުން މިހާރަށް ފައްޔާޒް މަގާމުން ދުރުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަންގައި އަމުރުކުރާ ކަމަށެވެ.

ދިޔާނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ ސަރުކާރުގެ އަދި ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށާއި ކެބިނެޓާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކިބައިގައި އަހުލާގާއި ކެތްތެރިކަން ހުންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަކީ ސަރުކާރުގެ އަދި ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ކެބިނެޓަކީ ރައީސްގެ ޕްރިރޮގޭޓިވް. ރައީސްގެ މައްޗަށް އަމުރުކުރެވޭނެ މީހަކު ނުހުންނާނެ. ކެބިނެޓާ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކިބައިގައި އަހުލާގާއި ކެތްތެރިކަން ހުންނާނެ ކަމަށް އުންމީދުކުރަން،" ދިޔާނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟