ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

މަޖިލީހުގެ 20 އިންސައްތަ އަންހެނުންނަށް ދިނުމަށް ޖެންޑަރ މިނިސްޓަރު ގޮވާލައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ 20 އިންސައްތަ އަންހެނުންނަށް ދިނުމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު ގޮވާލައްވައިފިއެވެ.

ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހު މިނިސްޓަރު ޝިދާތާ ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ދާއިރާގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު އޮންނަންޖެހޭނެ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަންހެނުންނަށް 20 ޕަސެންޓް ދޭން ޖެހޭނެ ކަމަށާއި، މިހާރު އޮތް މަޖިލީހުގައި އަންހެނުންގެ ހިއްސާ އޮތީ އެންމެ ފަސް ޕަސެންޓްގައި ކަމަށް ޝިދާތާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޝިދާތާ މިފަދައިން ގޮވާލެއްވި އިރު، ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރި ކުރުވުމަށް ހުރިހާ ސަރުކާރަކުން ވެސް މަސައްކަތް ކުރައްވާފައި ވެއެވެ.

އަދި ރައީސް ސޯލިހުގެ ސަރުކާރުގައި ވަޒީރުންގެ ގޮތުގައި ހަތް ކަނބަލަކު ހިމެނިވަޑައިގަންނަވާ އިރު، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ވަޒީރުންގެ މަޖިލީހުގައި އެންމެ ގިނަ އަންހެނުން ތިއްބެވި ސަރުކާރެވެ. އަދި އޭގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވެސް އަންހެނުން އައްޔަން ކުރައްވާފައި ވެއެވެ.

ޝިދާތާ މިފަދައިން ގޮވާލެއްވި އިރު، ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރި ކުރުވުމަށް ހުރިހާ ސަރުކާރަކުން ވެސް މަސައްކަތް ކުރައްވާފައި ވެއެވެ.

އަދި ރައީސް ސޯލިހުގެ ސަރުކާރުގައި ވަޒީރުންގެ ގޮތުގައި ހަތް ކަނބަލަކު ހިމެނިވަޑައިގަންނަވާ އިރު، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ވަޒީރުންގެ މަޖިލީހުގައި އެންމެ ގިނަ އަންހެނުން ތިއްބެވި ސަރުކާރެވެ.

އަދި އޭގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވެސް އަންހެނުން އައްޔަން ކުރައްވާފައިވެއެވެ.