ރައްޔިތުންގެ މަޖިލިސް

ބޭންކުތަކުން ލޯނަށް ލުއިދޭއިރު ކުލި ކުޑަކުރަންޖެހޭ ގޮތަށް ޝަރުތުކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ބޭންކުތަކުން ލޯނަށް ލުއިދޭއިރު ކުލި ކުޑަކުރަންޖެހޭ ގޮތަށް ޝަރުތުކުރަން މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން އެގޮތަށް ހިމަނައިގެން ފާސްކުރި ކޮމިޓީ ރިޕޯޓްގައި، ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް އެ ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ފަރާތްތަކުން ކަންކުރަންވީ 9 ކަމެއް ފާހަގަކޮށް ވަނީ ހުށަހަޅައިފައެވެ.

ކޮމިޓީ ރިޕޯޓްގައި ހުށަހަޅާފައިވާ ކަންތައްތައް:

  • މިފްކޯގެ އިތުރުން ރާއްޖޭގައި ވެލިއުއެޑެޑް ޕްރޮޑަކްޓްސް އުފައްދާ ފަރާތްތަކަށް އެސްއެމްއީ ލޯނު ލިބުމުގެ ފުރުސަތާއި، ކާބޯތަކެތި ހަދާ ފަރާތްތަކަށް ރިލީފް ޕެކޭޖުން ފުރުސަތު ހޯދއިދިނުުން
  • ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރާ ފަރާތްތަކަށާއި ބޭސް އެތެރެކުރާ ފަރާތްތަކަށް ބޭނުންވާ ބޭރުފައިސާ އެމްއެއެމްއޭއިން ބޭންކުތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއިން އެ ފަރާތްތަކަށް ލިބޭނެކަން ކަށަަވަރުކޮށްދީ، އެމްއެމްއޭއިން އެކަމަށް ފިޔަވަޅު އެޅުން،
  • ކޮވިޑްއ 19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އެލަވަންސް ދިނުމުގައި ވަޒީފާ ގެއްލޭ ފަރާތްތައް އެސެސްކުރުމަށާއި ސެލްފް އެމްޕްލޯއިޑް ފަރާތްތައްވެސް ހިމެނޭ އުސޫލެއް ގެންގުޅުން
  • ބޭންކްއޮފް މޯލްޑިވްސްގެ މޮރެޓޯރިއަމްގެ ޕެކޭޖްގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ރިސޯޓްތަކުގެ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާތައް ދެނެގަނެ އެ ފަރާތްތަކަށް ރިލީފް ޕެކޭޖެއް ފޯރުކޮށްދިނުން،
  • ކޮވިޑް 19 އާގުޅިގެން ސަރުކާރުން އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ތަފްސީލުތަކާއި އެހީ ފޯރުކޮށްދިނުމުގައި އެސެސްކޮށްފައިވާ ގޮތުގެ ތަފްސީލުތައް އިގްތިސާދީ ކޮޮމިޓީއަށް ފޮނުވުން
  • ދައުލަތުގެ ހަރު މުދަލުގެ ދަފްތަރެއް އެކުލަވާލުމަށާއި، ސަރުކާރުގެ ކުންފުނިތަކުގެ ހަރުމުދާ ރަހުނުކޮށްފައި ނަގާ ލޯނުތަކަކީ ކޮބައިކަމާއި އެރަހުނުގެ މުއްދަތު ހަމަވާ މުއްދަތަކީ ކޮބައިކަން އެނގޭނެގޮތަށް ދަފްތަރެއް އެކުލަވާލުމަށްފަހު އިގްތިސާދީ ކޮމިޓީއަށް ހުށަހެޅުން
  • ކޮވިޑް 19 އާ ގުޅިގެން އެސްއެމްއީތަކަށް ރިލީފް ޕެކޭޖުގެ ދަށުން ދޫކުރާ އަދަދު އިތުރު ކުރުމަށާއި، (20 ނުވަތަ 30 އިންސައްތައަށް) ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ރިކަރަންޓް ހަރަދުތައް ހަމަޖެއްސޭވަރުގެ މިންވަރެއް ދިނުމަށާއި އެ ލޯނު އަނބުރާ ދެއްކޭނެ ވިޔަފާރިތަކަށް ރިލަޔަބަލް އަމައުންޓްތައް ހަމަޖެއްސުމަށް،
  • ކޮވިޑް 19 ގެ އިގްތިސާދީ ރިލީފް ޕެކޭޖް ތަންފީޒު ކުރެވެމުންދާތީ އާއި ކޮންމެ 15 ދުވަހަކުން އެއްފަހަރު އެ ކަންކަމާގުޅޭގޮތުން ސަރުކާރުން ހިިންގާ ހަރަކާތްތަކުގެ ތަފްސީލުތަކާއި އެކަންކަން ސަރުކާރުގެ ފަރާތުން ތަންފީޒު ކުރެވެމުންދާ ގޮތުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

މި ރިޕޯޓް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވައިގެންނެެވެ.