ސަރުކާރުގެ ތެރޭގައި ހިންގާ ޚިޔާނާތާއި ކޮރަޕްޝަން ފަޅާ އަރުވައިލަން މައުލޫމާތުދޭ ފަރާތްތަކަށް (ވިސްލް ބްލޯކުރާ ފަރާތްތަކަށް) ހިމާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވައިފި އެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
ބިލު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ އިއްތިފާގުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއް ނުވެ އެވެ.