އެމްޕީއެލްގެ ވިޔަފާރި ބަނދަރުގައި މިވަގުތު ހިދުމަތުގައިދެމިތިބޭނީ ކޮންޓެކްޓް ޓްރޭސިން ހަދައި ރައްކާތެރި މުވައްޒަފުން އެކަނި އެކުންފުނީން ބުނެފި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރު އިބްރާހީމް ޒާހިރު ވިދާޅުވީ ކުންފުނިން އެންމެ މުހިއްމުކަމެއް ދެނީ އަބަދުވެސް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.
އެގޮތުން އެޗްޕީއޭއާއި ގުޅިގެން މުވައްޒަފުންގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމަށްފަހު، އެމްޕީއެލްގެ މަސައްކަތަށް މިހާރު ނެރެފައިވަނީ ރިސްކެއް ނެތްކަމަށް ގަބޫލުކުރެވޭ މުވައްޒަފުން ކަމަށް ޒާހިރު ވިދާޅުވިއެވެ.
ޒާހިރު ވިދާޅުވީ އެމްޕީއެލްގެ ބައިވަރު މުވައްޒަފުން އެތެރޭގައި ލޮކްޑައުންގައި ތިބެ ކުރާ މި މަސައްކަތަކީ ވަރަށް ރިސްކު ބޮޑު މަސައްކަތެއް ކަމަށެވެ.