ބޮލީވުޑް ތަރިން ކަމަށްވާ ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާންގެ ޑެބިއު ފިލްމް "ކެދަރްނާތް" ރިލީސްވެގެން ގޮސްފައިވާއިރު، ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ސާރާގެ އެކްޓިން މޮޅުކަމާއި ނެޗުރަލް ކަމުގެ ތައުރީފުން ސޯޝަލް މީޑިއާ ވަނީ ބަންޑުން ވެފައެވެ.
ނަމަވެސް ސާރާގެ ބައްފަ ސައިފް ވަނީ ފިލްމު ބެލުމަށް އިންކާރު ކޮށްފައެވެ. ފިލްމުގެ ފުރަތަމަ ސްކްރީނިންނަށް ބޮލީވުޑްގެ ތަރިންނަށް ދަައުވަތު ދީފައިވާއިރު ސައިފް އެދައުވަތު ގަބޫލެއް ނުކުރެއެވެ. މިކަމާ ގުޅިގެން ސައިފްއާ ސުވާލު ކުރުމުން އޭނާ ބުނީ ދަރިފުޅު އެގޮތަށް ބޮޑު ސްކްރީނުން ފެންނަތަން ބަލަން ޖެހުލުން ވަނީ ކަމަށެވެ. ނަމަވެސް ސާރާގެ މަންމަ އަމްރިތާ ފިލްމުގެ ބައެއް މަންޒަރުތައް ބެލި ކަމަށް ވެއެވެ.
ސާރާ ދެން ފެނިގެން ދާނީ ރަންވީރު ސިންގާއި އެކު ފިލްމް ސިމްބާ އިންނެވެ.