ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވޯލްޑް ޓްރަވެލް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ)ގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވަޑައިގަންނަވަމުން އެބަ ގެންދަވަ އެވެ.
ސްވިޒަލޭންޑުގެ ޖެނީވާގައި އިއްޔެ އާއި މިއަދު ކުރިޔަށްދާ ޑަބްލިޔުޓީއޯ ކޮންފަރެންސަކީ އިންޓަޕާލިމެންޓަރީ ޔޫނިއަން އާއި ޔޫރަޕިއަން ޔޫނިއަން ގުޅިގެން އިންތިޒާމު ކުރާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ވިޔަފާރީގެ ދާއިރާއާ ގުޅުން ހުންނަ މައްސަލަތަކުގެ މައްޗަށެވެ. އަދި ކޮންމެ އަހަރެއްގެ ވެސް އަހަރީ ކޮންފަރެންސްގައި އެކި ގައުމު ތަކުން މަޝްވަރާކޮށް ކަރުދާސްތައް ހުށަހެޅުން މި ކޮންފަރެންސްގައި އޮންނާނެ އެވެ.
ޖެނީވާގައި ހުންނަވައިގެން "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ މި ދަތުރުގެ ތެރޭގައި އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލާ މަޝްވަރާކުރައްވައިގެން މަޖިލީހުގެ މުވައްޒަފުންގެ ތަމްރީނުތައް ފެށުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ފާއިތުވި ފަސް އަހަރު ތެރޭ މުވައްޒަފުންގެ މި ފަދަ ތަމްރީނުތަކަށް އެއްވެސް ޕްރޮގްރާމެއް ހިންގާފައެއް ނެތް. އެހެންވީމަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ އެދިވަޑައިގަތުމާ އެކު އަޅުގަނޑު މި މަސައްކަތް މި ފެށީ." މޫސަ ވިދާޅުވި އެވެ.