ޕޮލިސް

800 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅޭ 18 ތަނެއް ފުލުހުންގެ ބެލުމުގެ ދަށަން ގެނެސްފި

800 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅޭ 18 ތަނެއް ފުލުހުންގެ ބެލުމުގެ ދަށަން ގެނެސްފި ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ މި 18 ތަން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި ބަލިމަޑުކަން ފެތުރެމުންދާ ގޮތުގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.

އެގޮތުން މި 18 ތަނުގައި ޖުމްލަ 837 މީހުން ދިރިއުޅޭ ކަމަށް ނަވީން ވިދާޅުވިއެވެ. އަދި ފުލުހުންގެ މި 18 ތަން ބަލަހައްޓަމުން އަންނަ ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19އަށް 177 މީހަކު ޕޮޒިޓިވް ވެފައިވާއިރު މީގެތެރޭގައި ގިނައީ ބިދޭސީންނެވެ. އަދި ޕޮޒިޓިވް ވި ބިދޭސީންނަށް ބަލާއިރު ގިނަ މީހުންނަކީ އެއްތަނެއްގައި ގިނަ ބަަޔކު ދިރިއުޅެމުން އަންނަ ތަންތަނުގައި ދިރިއުޅޭ މީހުންނެވެ.