ބޮލީވުޑް

"ކޮފީ ވިތް ކަރަން" އަށް އާލިޔާ އަދި ރަންބީރް

މަގްބޫލު ތަރިން ކަމުގައިވާ އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރުގެ ގުޅުމުގެ ވާހަކަ ތަކަކީ މިވަގުތު ބޮލީވުޑުގައި އެންމެ ހޫނުގަދަކޮށް ދެކެވޭ ވާހަކަ ތަކެެވެ. ނަމަވެސް މި ދެތަރިން ވެސް އެދެމީހުން ގުޅިގެން އުޅޭކަމުގެ ވާހަކަތަކަށް އެއްބަސްވެފައެއް ނުވެއެވެ.

އެންމެ ފަހުން އިވިގެން މިދިޔައީ "ކޮފީ ވިތް ކަރަން" ގެ އާ ސީޒަންގައި އާލިޔާ އާއި ރަންބިރު އެކީގައި ބައިވެރިވާނެ ކަމުގެ ވާހަކައެވެ. މިޑިއާތަކުން މީގެ ކުރިން އާލިޔާ ގާތު މި ޕްރޮގްރާމުގައި ބައިވެރިވޭތޯ އަދި ބައިވެރިވާއިރު އޭނޭގެ ބައިވެރިއަކަށް ހުންނާނީ ކާކުތޯ ސުވާލު ކުރުމުން އާލިޔާ ވަނީ ޕްރޮގްރާމުގައި ބައިވެރިވިއަސް އޭ ޝޯގައި އޭނާގެ ބައިވެރިއެއްގެ ގޮތުގައި ބައިވެރިވާނެ ފަރާތެއް އޭނާއަކަށް ނުބުނެވޭނެ ކަމަށް ބުނެފަ އެވެ.

ކޮންމެ އަކަސް އާލިޔާ އާއި ރަންބީރު އެއްބަސް ނުވި ކަމުގައި ވިއަސް އަބަދު ދެމީހުން އެކީގައި ފެންނަ ފެނުމާއި އެކީގައި ނަގާފައި ހުންނަ ފޮޓޯތައް އެގުޅުމަށް ހެކިދެއެވެ.

އަޔާން މުކަރްޖީގެ ކުރިއަށް އޮތް ފެންޓަސީ ފިލްމް "ބްރަމަސްޓްރާ" އިން އާލިޔާ އާއި ރަންބީރު އެކީގައި ފެނިގެން ދާނެއެވެ.