ވިޔަފާރި

ރައްޔިތުންގެ އެދުމަށް ވެމްކޯއިން ޑަސްބިން ކޮތަޅުބޮނޑި ވިއްކަން ފަށައިފި

ވެމްކޯއިން ޑަސްބިން ކޮތަޅު ވިއްކަން ފަށައިފި އެވެ.

ވެމްކޯއިން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނިން ޑަސްބިން ކޮތަޅު ބޮނޑި ވިއްކަން ފެށީ ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުން ދާތީއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ މާކެޓިން އެންޑް ޕީއާރު އޮފިސަރު އަހުމަދު އާޒިމް ވިދާޅުވީ ވެމްކޯއިން މި ވަގުތަށް ވިއްކުމަށް ނިންމާފައިވަނީ އެންމެ ބޮޑެތި ސައިޒުގެ (އެކްސްއެލް ސައިޒުގެ) ރަތް ކޮތަޅު ބޮނޑި ކަމަށެވެ. އަދި އެހެން ސައިޒުގެ ކޮތަޅު ބޮނޑި ވިއްކާނީ ޑިމާންޑަށް ބެލުމަށްފަހުކަމަށް އާޒިމް ވިދާޅުވިއެވެ.

ވެމްކޯއިން 60 ކޮތަޅުގެ ރަތް ކޮތަޅު ބޮނޑިއެއް ވިއްކަނީ 150 ރުފިޔާއަށެވެ. އެގޮތުން ކޮތަޅު ބޮނޑި ގަންނަން ބޭނުންވާނަމަ ވައިބާ މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށް ވެމްކޯއިން ބުނެއެވެ. އޯޑަރު ކުރާނެ ނަންބަރަކީ 7621666 އެވެ.

އޯޑަރަށް ފައިސާ ދައްކަން ޖެހޭނީ އޮންލައިންކޮށް ކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ބަލައިގަންނާނީ ހަމައެކަނި އޮންލައިން ޕޭމަންޓު ކަމަށާއި ފައިސާ ފޮނުވަން ޖެހޭނީ 7730000058275 އަށް ކަމަށް ވެމްކޯއިން ބުނެއެވެ. އަދި ފައިސާ ދެއްކުމަށްފަހު އޯޑަރު ކުރުމަށް މެސެޖުކުރި ވައިބާ ނަންބަރަށް ރަސީދު ކޮޅު ފޮނުވުމަށް ވެސް ވެމްކޯއިން ބުނެއެވެ.

ރަސީދު ކޮޅު ފޮނުވާއިރު އޭގެ ރިމާކްސް ބައިގައި އޯޑަރު ދިން މީހާގެ ނަމާއި އެޑްރެސް ލިޔުމަށް ވެމްކޯއިން އެދިފައި ވެއެވެ. އަދި ފައިސާ ދައްކާތާ ތިން ދުވަސް ތެރޭ ޑެލިވާ ކޮށްދޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.