ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނާ ބަރަކާތްތެރި ރަމަޟާން މަސް މިއަހަރު ބައްދަލުވެފައި މިވަނީ ހީވެސްނުކުރާ ފަދަ ގޮތަކަށެވެ. އާދަކާދަތަކުގެ ތެރެއިން އޮންނަ އުފާވެރި ބައްދަލުވުންތަކާއި، އާއިލާ އަދި އަވައްޓެރިންނާއި އެކުވެރިން ނުދެކި އެކަހެރިކަމުގެ ތެރެއިންނެވެ. އެހެނަސް، އެހެން އަހަރުތަކެކޭ އެއްފަދައިން އުރީދޫ މޯލްޑިވްސްއިން ގެނެސްދޭ ރޯދަމަހަށް ހާއްސަ ވީޑިއޯއިން ދައްކުވައިދެނީ އުންމީދުން ފުރިގެންވާ މެސެޖެކެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން، ހިއްސާކޮށްފައިވާ މި ވީޑިއޯއިން ދައްކައިދެނީ ތަފާތު އަށް ގައުމެއްގައި، ސްމާޓްފޯނު މެދުވެރިކޮށް ނަގައިފައިވާ މަންޒަރުތަކެކެވެ. އެންމެން އެއްތަންވެ ވަގުތު ހޭދަނުކުރެވޭ ފަދަ ޙާލަތެއްގައިވީ ނަމަވެސް، ހިތްވަރުގަދަކޮށް އެ އުފާވެރިކަމާ ގާތްކަން، ޑިޖިޓަލް ނެޓްވޯކްގެ އެހީގައި އެންމެންނާއެކު ބޭއްވޭނެކަން މުޖުތަމައުތަކަށް ހަނދާންކޮށްދޭ މެސެޖަކާއެކުއެވެ.
ދުނިޔޭގެ އަދުގެ ހާލަތާ ގުޅިގެން، ދިވެހި މުޖުތަމައު ގުޅުވާލަދިނުމަށްޓަކައި އިންޓަނެޓްގެ ހިދުމަތާއި މުވާސަލާތީ ގުޅުން މެދުނުކެނޑި ބޭނުންކުރުމަށް އުރީދޫ އިން ވަނީ ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދީފައެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން ރަމަޟާން މަހަށް ހާއްސަ އޮފާތަކެއްވެސް ވަނީ މިއަދު އިއުލާނުކޮށްފައެވެ.
މި ރަމަޟާން މަހު އާއިލާ އަދި އެކުވެރިންނާ ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އުރީދޫއިން ތައާރަފުކޮށްފައިވާ ޑެއިލީ ޑޭޓާ ކޮމްބޯގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ 1 ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސްއެވެ. އެންމެ 35 ރުފިޔާއަށް ލިބޭ މި ޕެކޭޖް އެކްޓިވޭޓް ކުރުމަށް *929*1# އަށް ގުޅުއްވާ ނުވަތަ http://ore.do/app އަށް ޒިޔާރަތްކުރާށެވެ.
އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން މި ރަމަޟާން މަހު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރާ ކޮންމެ މަންތުލީ ޑޭޓާ ޕެކަކާއެކު %50 ޑޭޓާ އިތުރަށް ލިބޭނެއެވެ. އެކްޓިވޭޓް ކުރުމަށް http://ore.do/app އަށް ޒިޔާރަތްކުރާށެވެ.
އުރީދޫ އެޕް މެދުވެރިކޮށް ކުރާ 50 ރުފިޔާއަށް ވުރެ މަތީގެ ކޮންމެ ރިޗާރޖަކާއެކު 5x ޑެއިލީ ޑޭޓާ ބޯނަސް ލިބޭނެއެވެ. އެކްޓިވޭޓް ކުރުމަށް http://ore.do/app އަށް ޒިޔާރަތްކުރާށެވެ.
ވައިބާއާއެކު އުރީދޫއިން ފޯރުކޮށްދޭ މި ހިދުމަތާއެކު، ނަމާދު އެލާޓް މި ރަމަޟާން މަހު ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. މިކަމާ ގުޅޭ ވައިބާ ސްޓިކާ ޕެކް ޑައުންލޯޑްކޮށްގެން ނަމާދު އެލާޓް އެކްޓިވޭޓް ކުރެވޭނެއެވެ.
- ނަމާދު އެލާޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯދުމަށް “GO” ޖެހުމަށް ފަހު 4777 އަށް އެސްއެމްއެސް ކުރައްވާ.
- “Ramadan” ޖެއްސެވުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރައްވައިގެން ރީތި ޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތައް މުޅިން ހިލޭ ލިބޭނެ.
"މިއަހަރުގެ ރަމަޟާން މަސް ވެގެންދާނީ އަޅުގަނޑުމެން އެންމެންނަށް ވަރަށް ތަފާތު ރަމަޟާން މަހަކަށް. އާއިލާ އާއި އެކުވެރިން އެއްތަންވެ، ޒަމާނުއްސުރެ ފާހަގަކުރަމުން އައި ބައެއް ކަންކަން މިފަހަރު ކުރެވެން ނެތް. މުޖުތަމައުއަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އެންމެން އެކު އެކީ ގުޅުވާލަދިނުމަކީ އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ، އެންމެ މުހިއްމު ކަންތައް. ގޭގައި ތިބެގެން އަދި އާއިލާއާ ދުރުގައި އޮފީހުގައި ތިބެގެން ރާއްޖޭގެ ރައްޔިތުންގެ މުވާސަލާތީ ބޭނުންތަކަށް ހިދުމަތްދިނުމުގައި ތިބި އުރީދޫ އާއިލާގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެން އެންމެންގެ ފަރާތުން، ބަރަކާތްތެރި އަދި އުފާވެރި ރަމަޟާން މަހުގެ ތަހުނިޔާ އެންމެހާ ބޭފުޅުންނަށާއި އާއިލާތަކަށް އަރިސްކުރަން." އުރީދޫގެ އެމްޑީ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
ރަމަޟާން މަހަށް ޚާއްސަކޮށް އުރީދޫ އިން ފޯރުކޮށްދޭ ޑިޖިޓަލް އޮފާތަކާ ގުޅޭ އިތުރު މައުލޫމާތު http://ore.do/ramadan އަށް ޒިޔާރަތްކުރުމުން ލިބޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.