ޕީޕީއެމް

ކުރީގެ ބައެއް ވަޒީރުން ހިމަނައިގެން ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ޓިކެޓް 18 ބޭފުޅަކަށް ދީފި

ކުރީގެ ބައެއް ވަޒީރުން ހިމަނައިގެން ޕްރައިމަރީއަކާ ނުލައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް 18 ބޭފުޅަކަށް ދީފިއެވެ.

ޕްރައިމަރީއަކާ ނުލައި 17 ބޭފުޅަކަށް ޓިކެޓް ދިނުމަށް އިއުލާންކޮށްފައިވަނީ ޕީޕީއެމްގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޕީޕީއެމްގެ ޓިކެޓް ދިން ބޭފުޅުން:

  • ހޮޅުދޫ ދާއިރާއަށް އައިޝަތު އާޒިމާ ޝަކޫރު
  • ހިންނަވަރު ދާއިރާއަށް އަބްދުﷲ ނާޒިމް އިބްރާހިމް
  • މަތިވެރި ދާއިރާއަށް އާމިނަތު ލަޔާލް މަނިކް
  • ތޮއްޑޫ ދާއިރާއަށް މުހައްމަދު މަބްރޫކް
  • ދަނގެތި ދާއިރާއަށް މައުމޫން އަބްދުލް ސަމަދު
  • ބިލެއްދޫ ދާއިރާއަށް އަހްމަދު ޝަފީގު
  • ތ. ގުރައިދޫ ދާއިރާއަށް މުހައްމަދު ޣައްސާން މައުމޫން
  • ތިމަރަފުށި ދާއިރާއަށް އިބްރާހިމް ސަނާހު
  • ތިނަދޫ އުތުރު ދާއިރާއަށް އަހްމަދު ޒުހޫރު
  • ފުވައްމުލަކު މެދު ދާއިރާއަށް ހަސަން ހާލިދު
  • ހިތަދޫ މެދު ދާއިރާއަށް ޒާހިދު ރަމީޒް
  • ހިތަދޫ ދެކުނު ދާއިރާއަށް މުހައްމަދު ލަތީފު
  • މައްޗަންގޮޅި އުތުރު ދާއިރާއަށް ޖަމީލާ އަލީ ހާލިދު
  • ހުޅުމާލެ ދާއިރާއަށް އިބްރާހިމް ފައިސަލް
  • ހެންވޭރު އުތުރު ދާއިރާއަށް ޑރ. މުހައްމަދު ޝައިނީ
  • ވިލިނގިލި ދާއިރާއަށް ޝަހީބު އިބްރާހިމް
  • ކާށިދޫ ދާއިރާއަށް މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) - ޑީއާރްޕީ
  • ހެންވޭރު ދެކުނު ދާއިރާއަށް މުހައްމަދު ފިޝާވިން ސަލީމް - ޑީއާރްޕީ


އެ 18 ބޭފުޅުންގެ އިތުރުން ކުރިން ވަނީ މަޖިލީހުގައި މިހާރު ވެސް ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ 24 މެމްބަރަކަށް ޓިކެޓު ދީފައެވެ. އެހެންކަމުން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމް އިން ވަނީ ޕްރައިމަރީއަކާ ނުލައި ޖުމްލަ 42 ބޭފުޅަކަށް ޓިކެޓް ދީފައެވެ.