އޭއެފްސީ ކަޕުގައި ބަޝަންދުރަ ކިންގާއެކު މެޗު ކުޅުމަށް ބަންގުލަދޭޝްއަށް ދިޔަ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަށް 40 ދުވަހަށް ވުރެ ގިނަ ދުވަސް ކަރަންޓީނުގައި ހޭދަ ކުރުމަށްފަހު މިއަދު އާއިލާ ގާތަށް އާދެވިފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ބައްސާމު ކުރެއްވި ޓުވީޓުގައި ވިދާޅުވީ 40 ދުވަހަށް ވުރެ ގިނަ ދުވަހު ކަރަންޓީނުގައި ތިބުމަށްފަހު ޓީސީ ޓީމަށް މިއަދު އާއިލާ ގާތަށް ދެވުމުން އުފާ ކުރައްވާ ކަމަށެވެ. އެޓިީމު މާލެ އަންނަން ހަމަޖެހިފައި އޮތީ މިދިޔަމަހުގެ 12 ވަނަ ދުވަހު އެވެ. ނަމަވެސް ކަރަންޓީންގެ މުއްދަތު ހަމަވުމުގެ ކުރިން ލަންކާ ލޮކްޑައުން ކުރުމުގެ ސަބަބުން ޓީސީއަށް ވަނީ އެނބުރި ރާއްޖެ އާދެވޭ ގޮތް ނުވެފައެވެ.
ނަމަވެސް އޭއެފްސީ ކަޕް މެޗެއް ކުޅުމަށް ބަންގްލަދޭޝަށް ދިޔަ ޓީސީގެ ޓީމު ލަންކާގައި ކަރަންޓީނު ކުރުމަށް ސަރުކާރުން ނިންމީ މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ބަންގުލަދޭޝުން އޭރު ފެނިފައިވާތީ އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނެވެ.
ލަންކާ ގައި ކަރަންޓީން ވުމަށްފަހު އެޓީމު މާލެ އައީ މިމަހުގެ ހަވަނަ ދުވަހު އެވެެ. ނަމަވެސް ސަރުކާރުން އޭރު ނިންމާފައިވަނީ ރާއްޖެ އަންނަ ހުރިހާ މީހުން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭ ގޮތަށް ވުމުން މާލެ އައުމަށް ފަހު އަނެއްކާ ވެސް އެޓީމު ދާން ޖެހުނީ ކަރަންޓީން އަށެވެ.