ވިޔަފާރި

އޮރިވޯ ގޮދަޑި، ކޮލިޓީ ރަނގަޅު ދިވެހި ބްރޭންޑެއް

މުހައްމަދު އައުޒަމް

5

އޮރިވޯއިން ދިވެހިންނަށް ހާއްސަ ކޮލިޓީ އަދި އަރާމް ގޮދަޑި ތައާރަފްކޮށްފިއެވެ.

އޮރިވޯ އިންވެސްޓްމެންޓްގެ އޮރިވޯ ގޮދަޑިއަކީ ދިވެހި އަމިއްލަ ބްރޭންޑެކެވެ. އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ ގޮދަޑިތަކާ ހިލާފަށް އޮރިވޯ ގޮދަޑިއަކީ ހުރިހާގޮތަކުން ވެސް ފާހަގަކޮށްލެވޭ ގޮދަޑިއެކެވެ.

އޮރިވޯގެ ފަރާތުން ވަން އޮންލައިން އަށް މައުލޫމާތުދެއްވަމުން އެކުންފުނީގެ އެއް ހިއްސާދާރު މުހައްމަދު ނަދީމް ވިދާޅުވީ އޮރިވޯ ގޮދަޑިއަކީ ރާއްޖޭގެ ބާޒާރުގައި ލިބެން ހުންނާނެ އެންމެ ފުރިހަމަ ގޮދަޑި ކަމުގައެވެ.

ނަދީމް ވިދާޅުވީ އެހެން ގޮދަޑިތަކާ ހިލާފަށް އޮރިވޯ ގޮދަޑި އުފެއްދުމުގައި ބޭނުން ކޮށްފައިވާނީ ނައިޓް ފެބްރިކް ކަމަށާއި މިއީ ފްލެކްސިބަލް އަދި އަރާމް އިހުސާސު ކުރުވާނެ ފެބްރިކް އެއް ކަމަށެވެ. ނަދީމް އިތުރަށް ވިދާޅުވީ މި ގޮދަޑީގެ ބޭސްގައި 20 ސެންޓިމީޓަރުގެ ޕޮކެޓް ސްޕްރިންގ ހަރުކޮށްފައި ހުންނާނެ ކަމަށެެވެ. އަދި ޕޮކެޓް ސްޕްރިންގްގެ ދެ ބޯމިނެއް ކަސްޓަމަރުންނަށް ސެލެކްޓް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައި އާންމުކޮށް ހުންނަ ގޮދަޑީގައި ބޭނުންކޮށްފައި ހުންނަނީ މެމޮރީ ފޯމް. އޮރިވޯ ގޮދަޑި އުފެއްދުމުގައި އަޅުގަނޑުމެން ބޭނުން ކޮށްފައި ހުންނާނީ ސްޕޯޓް ޖެލް ފޯމް. މިއީ ބްލަޑް ސަރކިއުލޭޝަން ރަނގަޅުވެ އަރާމް އިހުސާސް ކުރުވާނެ ފޯމްއެއް. މިހާރު އާންމުކޮށް މިބޭނުން ކުރާ ގޮދަޑީގައި ގިނައިރު އޮށޯވެގެން އޮތުމުން ހޫނު އުފެދޭނެ. އޮރިވޯ ގޮދަޑީގައި ސްޕޯޓް ޖެލް ފޯމް ބޭނުން ކޮށްފައިވުމުން ކިތަންމެ ގިނައިރު ވިޔަސް ހޫނެއްނުވާނެ،" މުހައްމަދު ނަދީމް ވިދާޅުވިއެވެ.

މުހައްމަދު ނަދީމް އިތުރަށް ވިދާޅުވީ އޮރިވޯ ގޮދަޑި އަސްލު ކޮލިޓީގައި 7 އަހަރު ބޭނުންކުރެވޭނެ ކަމަށާއި އަގުވެސް ކޮލިޓީއާއި އެއްވަރަށް ރަނގަޅުވާނެ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ އޮރިވޯގެ ފިހާރައިން އޮރިވޯ ގޮދަޑީގެ އިތުރުން ބެޑިން ސެޓްއަށް ބޭނުންވާ ގިނަ ސާމާނު ލިބެން ހުންނާނެއެވެ. ބެޑްރޫމް ސެޓުގެ އިތުރުން ކުއިލްޓް ވެސް ލިބެން ހުންނާނެއެވެ. އޮރިވޯ ބްރޭންޑްގެ މުދާ ހޯއްދެވުމަށް 7715558، 7863823 އަށް ގުޅާލެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އޮރިވޯގެ މުދާތައް ހުޅުމާލޭގެ އިތުރުން މާލޭގެ ބޭނުން ހިސާބަކަށް ހިލޭ ޑެލިވަރ ކޮށްދޭނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟