މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވި ގެތަކުގެ ހާލަތު ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ބައްލަވައިފި އެވެ.
މިނިސްޓަރު އާތިފާ މިއަދު އެ ގެތަކަށް ޒިޔާރާތް ކުރައްވައި ގެތަކުގެ ހާލަތު ހާލަތު އަމިއްލަ ފުޅަށް ބައްލަވާލައްވާފައިވާއިރު އިއްޔެ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 160 އާއިލަކުން ވަނީ އެހީއަށް އެދިފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވީ އިއްޔެގެ ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ގެއްލުންވި ހުރިހާ އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.