މުނިފޫހިފިލުވުން

ކޭބީސީ 10 ގެ ފުރަތަމަ މިލިޔަނަރުކަން ބިންތީ ޖެއިން އަށް

ބޮލީވުޑް ސުޕަރ ސްޓަރ އަމީތާބް ބަޗަން ހުށަހަޅާ ކޯން ބަނޭގާ ކަރޯޑް ޕަތީ (ކޭބީސީ) ގެ 10 ވަނަ ސީޒަންގެ ފުރަތަމަ މިލިޔަނަރުކަން ބިންތީ ޖެއިންއަށް ލިބިއްޖެއެވެ.

ސޮނީގެ އޮފިޝަލް އިންސްޓަގްރާމުގައި ޕްރޮގްރާމްގެ ޓްރެއިލަރ ދައްކާލާފައިވާއިރު އޭގައި ދައްކާގޮތުން އަމީތާބް ބިންތީގެ ނަން މި ސީޒަންގެ ފުރަތަމަ މިލިޔަނަރު ކަމަށް އިއުލާން ކުރެއެވެ. ބިންތީއަށް އެއްމިލިޔަން ލިބުނުކަމުގައި ވިއަސް، އަދި ޕްރޮގްރާމުގައި އޭނާއަށް ހަތް މިލިޔަން ލިބޭތޯ ނުވަތަ ނޫންތޯ އިނގޭނީ ޕްރޮގްރާމް ދައްކާ ދުވަހު އެވެ.

މިފަހަރުގެ ކޭބީސީ ސީޒަންގައި ވަނީ ކުރިއާ ހިލާފަށް ވަރަށް ބޮޑަށް މޮޑަރންކޮށް، އާ އީޖާތުތައް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ފައިސާ ފޮނުވުމަށް ޑިޖިޓަލް ބޭންކް ހިމެނެއެވެ.

މި ޕްރޮގްރާމަކީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ޖެނެރަލް ނޮލެޖް ހުރި މިންވަރަކުން ބައިވެރިވެ އެތައް ބައިވަރު ފައިސާއެއް ހޯދުމުގެ ފުރުސަތު އޮންނަ ޕްރޮގްރާމެކެވެ. ވަކިން ހާއްސަކޮށް އަމީތާބް ބަޗަން ޕްރޮގްރާމް ހުށަހަޅާތީ އޭގެ މަގުބޫލުކަން ވަރަށް ބޮޑެވެ.