60000 ރުޕީސް ގެއްލިގެން ފިލްމް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އެކްތާ ކަޕޫރު ޕޮލިހަށް މައްސަލަ ހުށަހަޅައިފިއެވެ.
ހޮނިހިރު ދުވަހު ޖުހޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ 1.5 ލައްކަ ރުޕީސް ހުރި އޭނާގެ އަތް ދަބަހުން 60000 ރުޕީސް ވަނީ ގެއްލިފައި ކަމަށެވެ. މި ރުފީސް ދަބަހަށް ލީ މިދިޔަ ހަފްތާގައި ކަމަށްވެސް މައްސަލަ ހުށަހެޅި ބަޔާނުގައި ވެއެވެ.
މައްސަލައާ ގުޅިގެން އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު ބުނި ގޮތުގައި އެކަން ކޮށްފައިވާ ކަމަށް ބެލެވެނީ އެކްތާގެ ޖުހޫ ބަންގަލޯގައި އުޅޭ މީހެއް ކަމަށާއި އަދި މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާރު ފަސް މީހަކާ ސުވާލު ކޮށްފައިވާ ކަމަށްވެސް ޕޮލިހުން ބުނެއެވެ. އޭގެ ތެރޭގައި އެކްތާގެ ޑްރައިވަރާއި ގޭގައި މަސައްކަތް ކުރާ މީހުން ހިމެނެއެވެ. މި މީހުންގެ އެކައުންޓްތައްވެސް ކެޗް ކުރާނެ ކަމަށާއި ގޭގެ ސީސީޓީވީ ފުޓޭޖެވެސް ބަލަމުން އަންނަ ކަމަށް ޕޮލިހުން މައުލޫމާތު ދެއެވެ.
މަޝްހޫރު ސީރީސް ތަކެއްވެސް އުފައްދާފައިވާ އެކްތާ ކަޕޫރަކީ ބޮލީވުޑް ބަތަލު ޖީތެންޑްރާގެ އަންހެން ދަރިއެވެ.