ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

މިހާލަތުގައި ސިފައިން އަދާކުރާ ދައުރު ރައްޔިތުން ބަލައިގަނޭ: ޑިފެންސް މިނިސްޓަރު

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަޅުއްވާފައިވާ ފިޔަަވަޅުތައް ތަންފީޒު ކޮށް މި ނުރައްކަލުން ރައްޔިތުން ސަލާމަތްކުރަން ދިވެހި ސިފައިން ކުރަމުންގެންދާ މަސައްކަތައް ދިވެހި ރައްޔިުން ބަލައިގަނެ ގަބޫލުކުރާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން މިއަންނަ ދިވެހި ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ.

މިނިސްޓަރު ވިދާޅުވީ، ނުރައްކާތެރިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ، ކޮވިޑް 19 ރާއްޖޭގައި ފެރުނުނަ ނުދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ރެއާއި ދުވާލު ވަރުބަލިކަމެއްނެތި އެންމެހާ ސިފައިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަކަކުރައްވާ ކަމަށެވެ.

ގައުމަށް ދިމާވާ މިފަދަ ކޮންމެ ނުރައްކަލަކުން ރައްޔިތުން ސަލާމަތްކުރުމަށް އެންމެ ކުރީސަފުގައި ވެހޭވާރެއާއި އަވީގައި ސިފައިން ކުރާ މަސައްކަތްތައް ރައްޔިތުން ގަބޫލު ކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، މިއަހަރުގެ ޝިއާރު ކަމުގައިވާ "ސިފައިންގެ ހިތްވަރު ގައުމުގެ ސަލާމަތް" ބިނާކޮށްފައިވާނީވެސް ރައްޔިތުންގެ އެ ޝުއޫރުތަކުގެ މައްޗަަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސިފައިންނަކީ ހުރިިހާ ދިމާލެއްގައިވެސް ނަމޫނާ ޑީސިޕްލިން ދައްކާ ބައެއް ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ތަނުގައި ކުޅިވަރުގެ ދާއިރާއިން ރާއްޖެ ހޯދި މެޑެލްތައް ހޯދުމުގައި ވެސް ސިފައިންގެ ހިއްސާ ވަރަށް ބޮޑުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު މާރިޔާގެ ހިތޯބުގައި ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ސިފައިންގެ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އާއި، ޗީފް އޮފް ޑިފެންސްފޯސްގެ އިތުރުން ހުރިހާ ރޭންކެއްގެ ސިފައިންނާއި، ސިފައިންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައިވެއެވެ.