ކުޅިވަރު

މިސްރުގެ ސަލާހު އެގައުމުގެ ފަގީރުންނަށް ކާބޯތަކެތި ފޯރުކޮށްދީފި

އައިދާ އަބްދުލް ހަކީމް

ލިވަޕޫލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހު މިސްރުގައި އޭނާގެ ހޯމްޓައުން ކަމުގައިވާ ނަގްރިގްގެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފިއެވެ.

ކޮވިޑް 19ގެ ސަބަބުން މިސްރުގައި ކާބޯތަކެތި ނުލިބިފައި ތިބި މީހުންނަށް ކާނާ ފޯރުކޮށްދިނުމުގެ ގޮތުން އެތައް ހާސް ޓަނުގެ ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށް ސަލާހުގެ ބައްޕަ ބުނެއެވެ.

ކޮވިޑް 19 ޖެހި މިސުރުން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ސަލާހު ވަނީ 405،000 ޕައުންޑްގެ އަގު ހުރި އެހީއެއް ވެފައެވެ. އޭގެ ތެރޭގައި ކާނާއާއި މަހުގެ ބާވަތްތަކާއި ފޭސް މާސްކްވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިތަކެތި ހަދިޔާކޮށްފައިވަނީ ނަގްރިގްގައި ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ޖެހިފައި ތިބި ފަގީރުންނަށް ކަމަށް ސަލާހުގެ ބައްޕަ ވަނީ ބުނެފައެވެ.

ސަލާހުގެ ފަރާތުން އެގައުމުގެ ފަގީރުންނަށް މިއެހީ ފޯރުކޮށްދީފައި ވާއިރު އޭނާ މިވަގުތު ހުރީ ކޮވިޑް 19 އާ ގުޅިގެން ލޮކްޑައުން ކޮށްފައިިވާ އިނގިރޭސިވިލާތުގައެވެ.