މާލޭގައި ފެންބޮޑުވެ އުޅަނދުތައް ވެއްޓިފައިވާތީ މަގުތަކުގައި ދުއްވާއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި އާދަޔާ ހިލާފަށް ފެންބޮވެފައިވާއިރު ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތައް ފެނު އަޑީގައި ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފެންބޮޑުވުމުގެ ސަބަބުން މަގުތަކުގައި ޕާކު ކޮށްފައިވާ ބައެއް އުޅަނދުތައް ފެންގަނޑުގެ އަޑީގައި ހުރި އިރު ބައެއް ފިހާރަތަކުގެ ތެރެއަށް ފެން ވަދެފައިވާ މަންޒަރު ވަނީ "ވަން އޮންލައިން"ގެ ނޫސްވެރިންނަށް ފެނިފައެވެ.
އެގޮތުން މަގުމަތީގައި ހުރި ފިލާފަތަ ތަކެއްޗާއި ފިހާރަތަކުގެ ބައެއް މުދާތައް ވެސް އޮޔާ ދާ މަންޒަރު ވަނީ ފެނިފައެވެ.