ޖޯދުޕޫރުގެ އުމެއިދު ބަވަން ޕެލަސްގައި ކައިވެނި ކުރުމަށްފަހު އިއްޔެ ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އާއި ނިކް ޖޯނާސް ވަނީ ދިއްލީގައި ރިސެޕްޝަނެއް ބާއްވައިފައެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވަނީ މި ހަފުލާގައި ބައިވެރިވެ ވަޑައިގެންފައެވެ. މޯދީ ވަނީ ޕީސީ އަށާއި ނިކް އަށް ކައިވެނި ހަދިޔާ އަކަށް ފިނިފެންމަލެއް ދީފައެވެ.
މީގެ އެއް އަހަރު ކުރިން އަނުޝްކާ ޝަރުމާ އާއި ވިރާތު ކޯލީގެ ކައިވެނި ހަފްލާއަށް މޯދީ ވަޑައިގަތް އިރު އެދެމަފިރިންނަށް ވެސް ދިނީ ފިނިފެންމަލެކެވެ.
ޕީސީ ވަނީ މޯދީ އޭނާ ގެ އާއިލާ މީހުނަށް އިންޓްރަޑިއުސްކޮށްދީ އެކީގައި ފޮޓޯ ނަގައިފައެވެ.
ޕީސީ އާއި ނިކް ދެން ދާނެ ކަމަށް ވަނީ ލޮސް އެންޖެލްސް އަށެެވެ. އަދި އެކޮޅުގައިވެސް ހަފްލާއެއް ބާއްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.