ޕޮލިސް

ލޮކްޑައުންގެ މުއްދަތުގައި މާލޭން ފުރާކަށް އެއްވެސް އުޅަނދަކަށް އަދި ހުއްދައެއްް ނުދެން: ފުލުހުން

ލޮކްޑައުންގެ މުއްދަތުގައި މާލެއިން ފުރާކަށް އެއްވެސް އުޅަނދަކަށް އަދި ހުއްދައެއް ނުދޭ ކަމަށް ފުލުހުން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު މިހެން ވިދާޅުވީ، މާލެ ސަރަހައްދަށް އިއްޔެ އިއުލާންކުރި ލޮކްޑައުންގެ ހާލަތުގެ ދަށުން މާލެ ސަރަހައްދުގައި އަޅާފައިވާ އެއްވެސް އުޅަނދެއް ފުރައިގެން ދިއުން މަނާކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވީ ނަމަވެސް ލޮކްޑައުންގެ މުއްދަތު އިތުރު 24 ގަޑިއިރަށް އިތުރުކުރަން ނިންމުމަށްފަހު އެގޮތަށް އެޗްޕީއޭ އިން އަންގާފައި ނުވާތީއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ލޮކްޑައުން މުއްދަތުގައި ވަކި ހުއްދައެއްގެ ދަށުން، ކޮންމެހެން ދަތުރު ކުރަންޖެހޭ އުޅަނދުތައް މާލެ އައިސްފައިވާނެ ކަމަށެވެ. އެގޮތުން ވަކި ހުއްދައެއްގެ ދަށުން ތިލަފުށިން މިއަދުވެސް ފެނާއި ތެޔޮ މާލެ ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން މާލެ ވަށައިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު ފުލުހުންނަށް ނާންގައި މާލެއަށް އަންނަ އޮޑި ދޯނިފަހަރަކީ ކޮންތަކަނުން، ކީއްކުރަން އަންނަ ބައެއްތޯ ބެލުމަށް ކައުންސިލާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.