ވިޔަފާރި

ވިލާ ހަކަތައިން މިއަދު 02:00 އިން ފެށިގެން ގޭގެއަށް ގޭސް ޑެލިވާ ކޮށްދެނީ

މަރިޔަމް ޝަހުދާ

ވިލާ ހަކަތައިން މިއަދު 02:00 އިން ފެށިގެން ގޭގެއަށް ގޭސް ޑެލިވާ ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވިލާ ހަކަތައިން ބުނެފިއެވެ.

ވިލާ ހަކަތައިން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ގޭސް ޑެލިވާ ކޮށްދޭނީ މެންދުރު 2:00 އިން ރޭގަނޑު 8:30 އާއި ދެމެދުއެވެ. އަދި މި ވަގުތުގައި ގޭސް ޑެލިވާ ކުރުމަށް ވިލާ ގޭހުގެ ނަންބަރު 3336633 އަށް ގުޅުމަށް މި އިއުލާނުގައި އެދިފައިވެއެވެ.

މިކަމާ ގުޅިގެން "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިލާ ހަކަތަ ދޭއްގެ ފައިނޭންޝަލް ކޮންޓްރޯލާ މަހުމޫދު ރަމީޒް ވިދާޅުވީ ލޮކްޑައުންގެ މި ހާލަތުގައިވެސް ރައްޔިތުންނަށް ވިލާ ގޭހުގެ ހިދުމަތް މެދު ނުކެނޑި ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ވަރަށް ފަހުން ގޭހުގެ އިތުރު ޝިޕްމަންޓެއް ގެނައި ކަމަށް ރަމީޒް ވިދާޅުވިއެވެ. އަދި ހަތަރު މަސް ދުވަހަށް ވާވަރަށް ވިލާ ކުންފުނީގެ ގޭހުގައި ސްޓޮކް އެބަހުރި ކަމަށް ރަމީޒް ވިދާޅުވިއެވެ.