ވިޔަފާރި

ރާއްޖޭގައި ތިބި ތައިލެންޑުގެ ބައެއް ރައްޔިތުން ގޮވައިގެން މޯލްޑިވިއަންގެ ފްލައިޓެއް އެގައުމަށް ފުރައިފި

މަރިޔަމް ޝަހުދާ

ރާއްޖޭގައި ތިބި ތައިލެންޑުގެ ބައެއް ރައްޔިތުން ގޮވައިގެން މޯލްޑިވިއަންގެ ފްލައިޓެއް ތައިލެންޑަށް ފުރައިފި އެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކަށް މޯލްޑިވިއަންގެ ފްލައިޓެއް މިއަދު ހެނދުނު ފުރި ކަމަށެވެ. އަދި މި ފްލައިޓުގައި ރާއްޖޭގައި ތިބި ތައިލެންޑުގެ ބައެއް މީހުންގެ އިތުރުން ތައިލެންޑުގައި ތިބި ދިވެހިންނަށް ފޮނުވާ ކެއާ ޕެކޭޖް ވެސް ގެންދިޔަ ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ.

މިއަދު ބެންކޮކަށް ފުރި މޯލްޑިވިއަންގެ ފްލައިޓަކީ މިފަދަ ތިން ފްލައިޓުގެ ތެރެއިން ފުރަތަމަ ފްލައިޓު ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ. އަދި މި ފްލައިޓުގައި ރާއްޖޭގައި މަސައްކަތް ކުރާ ތައިލެންޑުގެ ރައްޔިތުންނާއި، ރާއްޖޭގައި ތިބި ތައިލެންޑުގެ ފަތުރުވެރިންނާއެކު ޖުމުލަ 55 މީހަކު ފުރާފައިވާ ކަމަށް ވެސް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ.

މާލެ މިހާރު ލޮކްޑައުން އަކަށް ގެނެސްފައިވާ އިރު، މޯލްޑިވިއަންގެ އެތެރޭގެ ހުރިހާ އުދުހުންތައް ވަނީ މެދު ކަނޑާލާފައެވެ.