އަހްމަދު މަހްލޫފު

ޒުވާނުންގެ މައްސަލަތަކަށް ހައްލު ހޯދަން ގޭންގް ތަކާ ވާހަކަދައްކަން ތައްޔާރު: ޔޫތު މިނިސްޓަރު

ޝަހީދާ އަބްދުﷲ ސައީދު

1

ޒުވާނުންގެ މެދުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ގޭންގް ގްރޫޕުތަކާއި ވާހަކަ ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ ޒުވާނުންނާއި ގުޅޭ ގޮތުން ޔޫތު މިނިސްޓްރީން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކާއި ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ ޔޫތު މިނިސްްޓްރީއާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެމަގާމުގައި ހުންނަވައިގެން ގޭންގް މާރާމާރީތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެއްވުމަކީ އެންމެ މުހިންމު ޒިންމާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''ގޭންގް މާރާމާރީތަކަށް ހައްލު ހޯދުމަށް އަޅުގަނޑު މިހުރީ ގޭންގްތަކާ ވާހަކަދައްކަން ތައްޔާރަށް. ގޭންގްތަކާ ވާހަކަދައްކައިގެން އެކަމަށް ހައްލު ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން. އަޅުގަނޑު މިމަގާމުގައި ހުރެގެން ކުރަންޖެހޭނެ އެންމެ އިސްކަމަކަށް ވާނީ މާރާމާރީތަކަށް ހައްލު ހޯދުންކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެއީ ވަރަށް ބޮޑު ޒިންމާއެއް'' ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަކީ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހަދަންޖެހޭ ކަމަށެވެ. އަދި ގޭންގްތަކަށް ޒުވާނުން ވަންނަމުންދަނީ ވަރަށް ގިނަ ސަބަބުތަކެއް ހުރެގެން ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމަސައްކަތް ކުރައްވާނީ ރަނގަޅު ޕްލޭނެއްގެ ތެރެއިން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟