ޕޮލިސް

ގަވައިދާ ހިލާފަށް އުޅޭ މީހުންނާ މެދު މި ފަހަރު ފިޔަވަޅު އަޅާނަން: ފުލުހުން

މަރިޔަމް ޝަހުދާ

ގަވައިދާ ހިލާފަށް އުޅޭ މީހުންނާ މެދު މި ފަހަރު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ލޮކްޑައުން ހާލަތުގައި މަގުމައްޗަށް ނުކުމެ އުޅޭ މީހުނާ މެދު ފިޔަވަޅު އަޅައި، އެމީހުން ޖޫރިމަނާކުރާނެ ކަމަށެވެ.

"މިފަހަރު ފިޔަވަޅު އެޅުން ކުރިއަށް ވުރެ ވަރަށް ބޮޑަށް ސްޓްރިކްޓު ކުރާނަން." ނަވީން ވިދާޅުވިއެވެ.

މީގެ އިތުރުން އެއްވެސް ބޭނުމެއްނެތި މަގުމައްޗަށް ނުކުމެ އުޅޭ މީހުން ކަރަންޓީނު ކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެ ކަމަށް ނަވީން ވިދާޅުވިއެވެ. ނަވީން ވިދާޅުވީ ފުލުހުންގެ ގައިޑްލައިނުގެ އިތުރުން މަގުމައްޗަށް ނުކުމެ އުޅޭ މީހުން ދާން ޖެހޭނީ 14 ދުވަސް ހަމަކުރަން ކަރަންޓީނު ފެސިލިޓީއަށް ކަމަށެވެ.

އެޗްޕީއޭއިން ވަނީ މިއަދު 24 ގައިޑިއިރަށް މާލެ ލޮކްޑައުން ކުރުމަށް އިއުލާނުކޮށްފައެވެ. މި އިއުލާނު ކޮށްފައިވަނީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް ދިވެއްސެއް މާލެއިން ކޮވިޑް 19އަށް ޕޮސިޓިވްވުމުންނެވެ.