އެމްސީ ހަމީދަށް ފުލުހުންގެ އޭސީޕީކަން ދެއްވައިފި އެވެ.
"ވަން އޮންލައިން" އަށް ކަށަވަރުވެފައިވާ ގޮތުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ހަމަޖެއްސެވުމުގެ އިތުރުން ހަމީދަށް ވަނީ ފުލުހުންގެ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓުގެ ހެޑް ކަމުގެ މަގާމުގަ ވެސް ހަވާލުކުރައްވައިފަ އެވެ.
ހަމީދަށް މިއަުދ ވަޒީފާގެ ލިޔުން ހަވާލުކުރެއްވީ ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދު އެވެ.
ހަމީދަށް އަލުން ވަޒީފާ މި ދިނީ އޭނާ އަށް އަލުން ވަޒީފާ ދޭން ސުޕްރީމް ކޯޓުން ދާދިފަހުން ހުކުމްކޮށްފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ ހަމީދު ކުރީން ވެސް ހުރި ފެންވަރުގެ ވަޒީފާއެއް އޭނާއަށް އަލުން ދިނުމަށެވެ. ފުލުހުންގެ ސިއްރު މައުލޫމާތު ތަކެއް ލީކުކުރި ކަމުގެ ތުހުމަތުގައި ހަމީދު 2012 ވަނަ އަހަރުގެ އޯގަސްޓު މަހު މަގާމުން ވަކި ކުރި އިރު އޭނާ ހުރީ ޗީފް ސުޕްރިންޑެންޓް ރޭންކުގަ އެވެ.
އޭސީޕީ ކަމަށް ހަމީދު މިއަދު އައްޔަން ކުރި އޭނާއަށް ޕޮލިސް ކޮމިޝަނަރުކަން ދޭން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.