އެސްޓީއޯ އިން ވިއްކާ ފިޔާ އަދި ބިސް ކޭހުގެ އަގު ހެޔޮ ކޮށްފިއެވެ.
އެސްޓީއޯ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފިޔައާއި ބިސް ކޭހުގެ އަގު ހެޔޮވިނަމަވެސް އަލުވީގެ އަގަށް ބަދަލެއް ނާންނަ ކަމަށެވެ.
އެގޮތުން ކުރިން 15 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއްގެ އަގު މިހާރު ވަނީ 11 ރުފިޔާއަށް ހެޔޮކޮށްފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި ކުރިން 325 ރުފިޔާއަށް އެސްޓީއޯ ވިއްކަމުން އައި ފިޔާ ބަސްތާއެއް މިހާރު ވިއްކަނީ 255 ރުފިޔާއަށް ކަމަށް ވެސް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ކުރިން 290 ރުފިޔާއަށް ވިއްކަމުން އައި ބިސް ކޭހުގެ އަގު ވަނީ 260 ރުފިޔާއަށް ތިރި ކޮށްފައެވެ. ނަމަވެސް އަދިވެސް ވަކީން ބިހެއް ވިއްކަނީ ކުރިންވެސް ވިއްކި އަގު ކަމަށްވާ -/1.50 އަށް ބިހެއް ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.
އެސްޓީއޯ އިން އަދިވެސް އަލުވި ވިއްކަމުން އަންނަނީ ކުރިން އަލުވި ވިއްކި އަގުކަމަށްވާ 12 ރުފިޔާއަށް އަލުވި ކިލޯއެކެވެ. އަލުވި ބަސްތާ ވިއްކަނީ 250 ރުފިޔާއަށެވެ.