ކާނާގެ ޔަގީންކަން ކަށަވަރު ކުރުމުގައި ބަނބުކޭލަށްވުރެ ވަކި މުހިންމު އެއްޗެއް ނެތްކަމަށް މިހާރު މުޅި ދުނިޔެ ބަލައިގަންނަން ފަށައިފި ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗާ އިން ބުނެފިއެވެ.
އެމިނިސްޓްރީން ބުނީ މަޝްހޫރު ނެޝަނަލް ޖޯގްރަފިކް އަދި އެތައް ސައިންޓިސްޓުންނެއް މިހާރު ބަނބުކެޔޮ ސިފަ ކުރަމުން ގެންދަނީ "މުސްތަގުބަލުގެ ކާނާ" ގެ ގޮތުގައި ކަމަށެވެ.
މީގެ ކުރިން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވެސްވަނީ ރާއްޖޭގައި ފަލަމަޑީގެ ބާވަތްތަކުގެ އިތުރުން ބަނބުކެޔޮ އުފެއްދުމަށް ހާއްސަ އިސްކަމެއް ދިނުން މުހިންމުކަމަށް ވިދާޅުވެފައެވެ. އެގޮތުން ފަލަމަޑީގެ ބާވަތްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ ހައްދާ ބާވަތްތައް ކަމަށާއި އެ ބާވަތްތައް ހެއްދުމަށް ދަނޑުވެރިންނަށް ވަނީ އިލްތިމާސް ކުރެއްވާފައެވެ.
މީގެ އިތުރުން ބަނބުކެޔޮ ފަދަ އެއްޗެހި ހައްދާ މީހުން މަދުކަމަށް ފާހަގަ ކުރެވޭ ކަމަށާއި، ބަނބުކެޔޮ ފަދަ އެއްޗެއްސަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށް މުހިއްމު އެއްޗެއްކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއީ ވަގުތުން ވަގުތަށް އޭގެ މަންފާ ކުރާނެ އެއްޗެއް ނޫން ކަމަށް ވީނަމަވެސް، ދިގު ރާސްތާއަށް ބަލާއިރު އޭގެ މަންފާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބަނބުކޭލަކީ ގިނަ ފައިދާ ތަކެއް އެކުލެވިގެންވާ ކާނާ އެކެވެ. އެގޮތުން ފައިބަރު، ވިޓަމިން ސީ، ޕޮޓޭސިއަމް، ފެޓީ އެސިޑް ހުރެއެވެ. މީގެ އިތުރުން ބަނބުކޭލުން ލިބޭ ފައިދާތަކުގެ ތެރޭގައި:
ބަނބުކޭލަކީ ދިވެހިންގެ މެދުގައި ވަރަށް އާންމު ގިނަ ބަޔަކަށް ވަރަށް ކަމުދާ ތަފާތު ބާވަތްތަކުގެ ކާނާ ތައްޔާރުކުރަން ބޭނުންކުރާ އެއްޗެކެވެ. ސިއްޙަތައް ފައިދާހުރި ރަނގަޅު ކާނާއެކެވެ. ދިވެހިން ބަނބުކެޔޮ އާންމުކޮށް ކަނީ ފެނުކައްކައިގެންނާއި، ތެލުލައިގެންނާއި ފިހެގެން އަދި ބޮނޑިބަތާއި ރިހައާއި ކިރުގަރުދިޔަ ކައްކައިގެނެވެ. ދިވެހިންގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް ކަމުދަނީ ތެލުލި ބަނބުކޭލެވެ.