ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަހްމަދު ނިހާން ހުސައިން މަނިކު ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައްވާ އިރު، ގަލޮޅު ދެކުނު ދާއިރާއަށް އަހްމަދު އަސްއަދު ކުރިމަތިލެއްވުމަށް ނިންމަވައިފިއެވެ.
މިހާރު ވެސް މަޖިލީހުގައި ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ 24 މެމްބަރަކަށް ޕްރައިމަރީއަކާ ނުލައި އެ ޕާޓީން ވަނީ ޓިކެޓު ދީފައެވެ. އެ މެމްބަރުން ވާދަކުރައްވާނެ ދާއިރާތައް ވެސް ޕީޕީއެމް އިން ރޭ ވަނީ އިއުލާންކޮށްފައެވެ.
އެ 24 މެމްބަރުންގެ ތެރެއިން ދެ މެންބަރަކު ފިޔަވާ ދެން ހިމެނިވަޑައިގަންނަވާ މެމްބަރުން ވާދަކުރައްވާނީ މިހާރު ވެސް އެ މެމްބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށެވެ. އޭގެ ތެރެއިން މިހާރު ވިލިމާލެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނިހާން ވާދަކުރައްވާނީ ތިނަދޫ ދެކުނު ދާއިރާއަށެވެ. އަދި ދާންދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އަސްއަދު ވާދަކުރައްވާނީ ގަލޮޅު ދެކުނު ދާއިރާއަށެވެ.
ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ނިހާން ވާދަކުރައްވާނެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައި މިހާރު ހުންނެވީ އަބްދުﷲ އަހްމަދު (އަބުޅޯ)އެވެ. އޭނާ ވަނީ ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
އަސްއަދު ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި މިހާރު ވަނީ ހުސްވެފައެވެ. އެ ގޮނޑި ހުސްވެފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައި ކުރިން ހުންނެވި އަހްމަދު މަހުލޫފު، ޔޫތު މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕީޕީއެމްގެ ޓިކެޓް ކަށަވަރުވި މެންބަރުން: