ވިޔަފާރި

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަލަދުގެނެސްފި

މަރިޔަމް ޝަހުދާ

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަލަދު ގެނެސްފިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފައި ވަނީ މިއަދުން ފެށިގެންނެވެ.

އެގޮތުން މިހާރު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު ހުޅުވާފައި ހުންނާނީ ހެންދުނު 10:00 އިން 12:00 އަށް، މެންދުރު 13:15 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

ހުކުރު ދުވަހު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު ހުޅުވުމަށް ހަމަޖައްސާފައިވަނީ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

އެންމެ ފަހުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފައި ވަނީ ބުރާސްފަތި ދުވަހު އެވެ.