ޕޮލިސް

ހަތް ކިލޯގެ މަސްތުވާތަކެއްޗާ އެކު ޝާންޓޭ ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

5

ހަތް ކިލޯގެ ޑްރަގާ އެކު މަޝްހޫރު ބޮޑީ ބިލްޑަރު ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ހައްޔަރުކޮށްފިއެވެ.

"ވަން އޮންލައިނަށް" އެނގިފައިވާ ގޮތުގައި ޝާންޓޭ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އެ އެޕާޓްމަންޓު އޭނާގެ ހާޒިރުގައި ބަލައި ފާސްކުރިއިރު ހަތް ކިލޯގެ ޑްރަގު އެތަނުން ވަނީ ފެނިފައެވެ.

ފުލުހުން ބުނީ މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޝާންޓޭ އަކީ ބޮޑީ ބިލްޑިންގ ދާއިރާގާއި ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ މީހެކެވެ. މިދިޔަ އަހަރު އޭނާ ވަނީ އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައިދީފައެވެ. އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގައުމީ އިނާމު މިއަހަރު އޭނާއަށް ވަނީ ލިބިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟