ބޮލީވުޑްގެ މަޝްހޫރު ފިލްމު ބަދާއީ ހޯގެ މަންމަ ރޯލު ކުޅުނު ނީނާ ގުޕްތާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނީނާ ގުޕްތާ އާއި އޭނާގެ ދަރިފުޅު އަދި އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާ ޗުއްޓީ ހޭދަކުރަމުންދަނީ ސޮނޭވާ ފުށީގައެވެ.
ނީނާ ގުޕްތާ ވަނީ ސޮނޭވާ ފުށީގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތަށް އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައެވެ.
ބޮލީވުޑް ފިލްމުތަކުން މަންމަގެ ރޯލުން ގިނައިން ފެނިގެންދާ ނީނާ ގުޕްތާ ބޮލީވުޑްގައި ހިޓްވެގެން ދިޔަ ގިނަ ފިލްމުތައް ކުޅެފައެވެ. އަދި ނީނާ ގުޕްތާ ވަނި އިންޑިއާގެ މަޝްހޫރު ޓީވީ ޑްރާމާތަކުން ވެސް ފެނިގެން ގޮސްފައެވެ. އެގޮތުން ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެންދިޔަ ހިންދީ ޑްރާމާ ސީރީޒް ޖެސީ ޖެސީ ކޮއި ނެހީގައި ނަންދްނީގެ ރޯލުން ނީނާ ގުޕްތާ ވަނީ ފެނިގެން ގޮސްފައެވެ.