މޫވެންޕިކްއިން ގޭގެއަށް އައިސްކްރީމް ޑެލިވާ ކޮށްދޭން ފަށައިފިއެވެ.
ކޮންމެ ދުވަހަކުވެސް ހެނދުނު 11:00 އިން ރޭގަނޑު 11 އާއި ދެމެދު ގޭގެއަށް އައިސްކްރީމް ޑެލިވާ ކޮށްދޭނެ ކަމަށް މޫވެންޕިކް އިން ބުނެއެވެ. މޫވެންޕިކް އިން ވަނީ މި ދަނޑިވަޅުގައި އެންމެންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.
"ރައްކާތެރިކަމާ އެކު ގޭގައި ތިއްބަވާ! އަޅުގަނޑުމެން އައިސްކްރީމް ގޭގެ ދޮރާއި ހަމަޔަށް ގެންގޮސްދޭނަން،" އައިސްކްރީމް ޑެލިވަރީ ފެށުމުގެ ގޮތުން މޫވެންޕިކުން ތައްޔާރުކޮށްފައިވާ އިޝްތިހާރެއްގައި ބުނެފައި ވެއެވެ.
މޫވެންޕިކުން ބުނީ، ގޭގެއަށް ގެންގޮސްދެނީ 150 ރުފިޔާއަށްވުރެ މަތީން ވިޔަފާރި ކުރުމުން ކަމަށެވެ. އައިސްކްރީމް އޯޑަރުކުރަން ބޭނުން ފަރާތްތަކުން މޫވެންޕިކުގެ 9561012 އަށް ގުޅުމަށް އެ ފަރާތުން ވަނީ އެދިފަ އެވެ.