ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

މިނިސްޓްރީގެ މަސައްކަތް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަފާތުވާނެ : ޝިދާތާ

މުހައްމަދު އައުޒަމް

މިނިސްޓްރީގެ މަސައްކަތް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަފާތުވާނެ ކަމަށް މިނިސްޓަ އޮފް ޖެންޑަ ފެމިލީ އެންޑް ސޯޝަލް ސާވިސެސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ މިނިސްޓްރީން އިންތިޒާމްކޮށްގެން ރަސްރަނި ބަގީޗާގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ ހައްގުތައް ހިމާޔަތްކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް ބައްޓަން ކުރައްވަން ބޭނުންފުޅުވަނީ އެފަރާތްތަކުގެ ބޭނުންތަކާއި މުޖުތަމައުގައި އެފަރާތްތައް ބައިވެރިކޮށް އަސާސީ ހިދުމަތްތައް ފަހިކުރެވޭނެ ގޮތަކަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ހިތްވަރުދެއްވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރަސްރަނި ބަގީޗާގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. އަދި އެކުދިންނަށް ބައިެރިވެވޭ ކުޅިވަރު ސްޓޯލްތަކެއް އެތަނުގައި ވަނީ ހަދައިފަ އެވެ.