ބޮލީވުޑް

ބޮލީވުޑް ބަތަލާ ޒޯއާ މޮރާނީ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ބޮލީވުޑް ބަތަލާ ޒޯއާ މޮރާނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ

ޒޯއާ އަކީ ފިލްމު ޕްރޮޑިއުސަރު ކާރިމް މޮރާނީގެ ދަރިފުޅެވެ.

ބޮމްބޭ ޓައިމްސްއަށް ކާރިމް ދިން އިންޓަވިއުއެއްގައި ބުނީ ޒޯއާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނާތީ އެގޭ އެންމެން ޓެސްޓު ކުރީ ކަމަށެވެ. ނަމަވެސް ކާރިމް ނެގަޓިވް ވެފައިވާއިރު ދަރިފުޅު ޝަޒާ އާއި ޒޯއާ ވަނީ ޕޮޒިޓިވް ވެފައެވެ.

ބޮމްބޭ ޓައިމްސްއަށް ފޯނުން ދިން އިންޓަވިއުއެއްގައި ޒޯއާ ބުނީ ޓެސްޓު ޕޮޒިޓިވް ވުމުން މިހާރު ބަލިމީހުންގެ އައިސޮލޭޝަނަށް އޭނާ ބަދަލުކޮށްފައިވާ ކަމަށެވެ.

"އަހަރެންގެވެސް ބަލީގެ އަލާމާތްތައް ފެނުނު. ޝަޒާއާއި ދެމީހުން ބޭނުންވީ ޓެސްޓު ކުރަން. މިހާރު މިއޮތީ ހޮސްޕިޓަލުގައި އޮބްޒަވޭޝަނުގައި. މިތަނަށް ގެނެވެނީ މަދުއެއްޗެއް. އެހެންވެ އެކަނި އޮންނަން ޖެހޭތީ ކިޔާނެ ފޮތްތަކެއް ގެނައީ." ޒޯއާ ބުންޏެވެ.

ޒޯއާ އާއި ޝަޒާވެސް ފަރުވާ ހޯދަމުން އަންނަނީ މުމްބާއީގެ ޕްރައިވެޓް ވަކި ދެ ހޮސްޕިޓަލަކުންނެވެ.

ޒޯއާ ވަނީ 2015 ގައި ނެރުނު ފިލްމު ބާގް ޖޯނީ އަދި 2011 ގައި ނެރުނު އޯލްވޭސް ކަބީ ކަބީ އިން ފެނިގެންގޮސްފައެވެ.