މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ސަރުކާރު ބަންދު ދުވަސްތަކުގައި އިކޮނޮމިކް މިނިސްޓްރީން ހިދުމަތްދޭ ދުވަސްތަކާއި ގަޑިތައް އާއްމުކޮށްފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ ދުވަސް ތަކާއި، ކަނޑައަޅާފައިވާ ގަޑިތައް އެ މިނިސްޓްރީން އާއްމު ކޮށްފިއެވެ.

މިކަން އާއްމުކޮށް އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް އެ މިނިސްޓްރީން ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މި ހިދުމަތްތަކަށް އެދުމަށް ހުށަހަޅަން ޖެހޭނީ، އެ މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް beta-business.egov.mv ނުވަތަ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ކަމަށްވެސް ބުނެފައި ވެއެވެ.

ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި އިކޮނޮމިކް މިނިސްޓްރީނިް ދޭ ހިދުމަތްތަކުގެ ތަފްސީލު:

1- ވިޔަފާރި ނަން ފާސްކުރުން

2- ވިޔަފާރި ނަން ރަޖިސްޓްރީކުރުން

3- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުން

4- ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުން

5- ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުން

6- ލޯގޯ ރަޖިސްޓްރީކުރުން

7- ސީލް ރަޖިސްޓްރީކުރުން

8- ޓްރޭޑްމަރކް ރަޖިސްޓްރީކުރުން

9- ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުން

މީގެ އިތުރުން، ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އެ މިނިސްޓްރީގެ ލައިވް ޗެޓް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ [email protected] އަށް މެއިލް ކުރުމަށް އެދޭ ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.