ރައްޔިތުންގެ މަޖިލިސް

ކޮވިޑް 19 އާއި ގުޅިގެން ޓޫފޯވަން ކޮމެޓީ އިސްވެ އޮވެ އާ ނެޝަނަލް ޕްލޭނެއް ހަދަން ޖެހޭ: މެންބަރު ޣަފޫރު

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އިސްވެ އޮވެ އާ ނެޝަނަލް ޕްްލޭނެއް ހަދަން ޖެހޭ ކަަމަށް އެ ކޮމިޓީގެ މެންބަރު އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ގަފޫރު މިހެން ވިދާޅުވީ، ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ހުށަހެޅި މައްސަލައާ ގުޅިގެން، ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމާއެކު ތިން މަސައްކަތެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޓީއާ ހަވާލު ކުރެއްވި މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

މަޖިލިސް ރައީސް ޓޫފޯވަން ކޮމިޓީއާ ހަވާލު ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމަށް ކުރާނެ އަސަރުތަކާބެހޭ ފޯކާސްޓެއް ހެދުމާއި، އޭގެ ތެރޭގައި ރާއްޖެއާއި ދުނިޔޭގެ ޓޫރިޒަމް އާއި، ވަކި ވަކި މާކެޓް ތަކުގެ އިތުރުން ދުނިޔޭގެ ޓްރެވަލް މާކެޓަށް އަންނާނެ ބަދަލު ތަކާއި، ރާއްޖޭގެ ރިސޯޓުތައް އާމްދަނީ ލިބޭނެ އެހެން މަސައްކަތްކުރެވޭ ތަންތަަނަށް ބަދަލުކުރެވޭނެ ގޮތެއްގެ އިތުރުން ކޮވިޑް 19 އާއި ގުޅިގެން މިދަނޑިވަޅުގައި ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކީ ކޮބައިތޯ ބެލުމަށެވެ.

އެ މައްސަލަތައް ކުރިއަށްގެންދިއުމާބެހޭ ގޮތުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ގަފޫރު ވިދާޅުވީ، ކޮވިޑް 19 އާއި ގުޅިގެން މުޅި ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، ރާއްޖެއަށްވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ޓޫފޯވަން ކޮމިޓީއާ ހަވާލު ކޮށްފައިވާ މަސައްކަތްތަކަކީ އެ ކޮމޓީއަށް އެކަނި ކުރެވޭނެ މަސައްކަތްތަކެއް ނޫން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

އެހެންކަމުން ޣަފޫރު ވިދާޅުވީ ނެޝަނަލް ޕްލޭނިން މިނިސްޓްރީ އާއި ޓުރިޒަމް މިނިސްޓްރީގެ އިތުރުން ކަމާބެހޭ އެހެނިހެން ސެކްޓާ ތަކާއި މުުއައްސަސާތަކާ ގުޅިގެން ގައުމީ ޕްލޭނެއް ހަދަން ޖެހޭ ކަމަށެވެ.

ޣަފޫރު ވިދާޅުވީ، އެ ކަމުގައި އިސްވެ އޮންނާނީ ޓޫފޯވަން ކޮމިޓީ ކަމަށެވެ.

ޓޫފޯވަން ކޮމިޓީއާ މަޖިލިސް ރައީސް ހަވާލު ކުރެއްވި ކަންތައްތަކާބެހޭ ގޮތުން ކަމާބެހޭ މުއައްސަސާތަކުގެ މައުލޫމާތު ކޮމިޓީއަށް ހޯދުމަށްފަހު ދެ ދުވަހެއްގެ ތެރޭގައި އެ ކަމާބެހޭގޮތުން ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމަށް ވެސް ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއުިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ނިންމަވައިފައެވެ.