މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

ސަރުކާރުން ސޮވެރިން ގެރެންޓީ 24 ފަރާތަކަށް ދީފައިވޭ، އަދަދަކީ 1.37 ބިލިއަން ޑޮލަރު

އަހުމަދު ޖައިޝަން

1

ގައުމުގެ ދަރަނި ތަކަށް ބަލާއިރު 24 ފަރާތަކަށް ސޮވެރިން ގެރެންޓީ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ސޮވަރިން ގެރެންޓީ އަކީ ލޯނަކަށް ދައުލަތުން ޒިންމާވާނެ ކަމަށް ބުނެ ދީފައިވާ ލިޔުމެކެވެ.

ދައުލަތުގެ ފިސްކަލް ޕޮލިސީ އާއި ދަރަނިތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ސޮވެރިން ގެރެންޓީގެ ގޮތުގައި 1.37 ބިލިއަން ޑޮލަރުގެ ފައިސާ ދީފައިވާ ކަމަށެވެ.

އެ ފައިސާގެ ތެރެއިން އެކި ފަރާތްތަކަށް ހަވާލުކުރެވި ދައުރު ވެފައިވައިވާ އަދަދު ނުވަތަ ޑިސްޕާސްޑް އެމައުންޓް އަކީ 666 މިލިއަން ޑޮލަރު ކަމަށް އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސޮވެރިން ގެރެންޓީގެ މައުލޫމާތު ފިނޭންސް މިނިސްޓްރީގައި ޝާއިއު ކުރައްވާނެ ކަމަަށެވެ.

"އަޅުގަނޑުމެން އެބަ ގަސްދު ކުރަން ސޮވެރިން ގެރެންޓީސް ދީފައިވާ ފަރާތްތަކާއި ގެރެންޓީޑް އެމައުންޓް އާއި ޑިސްޕާސްޑް އެމައުންޓާ ހުރިހާ އެއްޗެއް މިއަދު އަޅުގަނޑުމެންގެ ވެބްސައިޓުގައި ޝާއިއު ކުރުމަށް،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟