މަގުބޫލު ސީރީޒް މަނީ ހައިސްޓްގެ ސީޒަން ހަަތަރެއް ރިލީސްކޮށްފިއެވެ.
އަށް އެޕިސޯޑުގެ މައްޗަށް އެކުލެވޭ ސީޒަން ހަތަރެއް މިހާރު ނެޓްފްލިކްސް އިން ސްޓްރީމް ކުރެވެއެވެ. އެޕިސޯޑުތަކުގެ ދިގުމިނަކީ 41 މިނެޓާއި 57 މިނެޓާ ދެމެދެވެ.
ސްޕެނިޝް މި ސީރީޒް އިނގިރޭސިން ޑަބްކޮށްފައިވާއިރު، ހަތަރު ވަނަ ސީޒަން ރިލީސްކޮށްފައި މިވަނީ ދިގު އިންތިޒާރަކަށްފަހު ފަހުއެވެ.
ސީޒަން ތިނެއްގައި، ހައިސްޓްގެ އަށް ބައިވެރިންގެ ތެރެއިން ރިއޯ ސަލާމަތް ކުރުމަށް އިތުރު ހައިސްޓެއް ފަށާފައިވާއިރު އެންމެ ފަހު އެޕިސޯޑު ނިމިގެން ދިޔައީ ހައިޖާނުގަނޑެއްގެ ތެރޭގައެވެ. އެންމެ ބޮޑަށް ނޭވާ ހިފަހައްޓާލައިގެން ތިބެވުނީ ނައިރޯބީއަށް ވާނެ ގޮތަކާމެދުއެވެ.
މިހާރު މިއޮތީ އެވަގުތު އައިސްފައެވެ. ނައިރޯބީއަށް ވާނެ ގޮތާއި ސްޕެއިންގެ އެ ބޭންކުން ހައިސްޓްގެ ބައިވެރިން ސަލާމަތްވާނެ ގޮތް މިހާރު ނެޓްފްލިކްސް އިން ބަލައިލެވޭނެއެވެ.